އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު
ހ.ހުދުފިނިފެންމާގެ
ޙަސަން ޝާކިރު މުޙަންމަދަކީ، ތަފާތު ރޮނގުރޮނގުން ޅެން ހައްދަވާ ބޭފުޅެކެވެ. ގިނައިން ހައްދަވާފައިވަނީ ޤައުމީ ޅެމެވެ. މީނާ ފުރަތަމަ ޅެމެއް ހެއްދެވީ 1980 ވަނަ އަހަރުއެވެ. މިހާތަނަށް 200 އަށްވުރެ ގިނަ ޅެމާއި، 100 އަށްވުރެ ގިނަ ލަވަ ހައްދަވާފައި ވެއެވެ. މި ޅެންތައް، ނޫސް މަޖައްލާތަކުގައި ޝާއިޢު ކުރައްވާފައި ވެއެވެ. އަދި މަދްރަސަތުލް އަމީރުއަޙްމަދުގެ ދަރިވަރުންނަށް ޅެންވެރިކަމުގެ ހުނަރުވެރިކަމުގެ ކޯހެއް ހިންގަވާފައިވެސް ވެއެވެ.
ޅެންވެރިކަމުގެ ރޮނގުން، ޙަސަން ޝާކިރު މިހާތަނަށް ހޯއްދަވާފައިވާ ކާމިިޔާބީތަކުގެ ތެރޭގައި، 1994 ވަނަ އަހަރު ބޭއްވުނު ސްކޫލް ކުދިންގެ ލަވަ މުބާރާތުން، ލަވަހެދުމުގެ ބައިން 2 ވަނަ ހޯއްދެވުން ހިމެނެއެވެ.