އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1991 ވަނަ އަހަަަރުއެވެ. މިކުންފުނިން މިހާތަނަށް ކޮށްފައިވާ ބޮޑެތި މަސައްކަތްތައް ކަމުގައި ފާހަގަކުރެވޭ 37 އިމާރާތް، މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި ވެއެވެ. މާލޭގައި އިމާރާތް ކުރެވިފައިވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ މަސައްކަތާއި، މިހާރު ހުޅުލޭގައި އިމާރާތް ކުރަމުންގެންދާ މޯލްޑިވްސް އެއަރޕޯޓް ހޮޓެލްގެ މަސައްކަތަކީވެސް، މި ކުންފުނީގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. އެއަރޕޯޓް ހޮޓެލްގެ މަޝްރޫޢަކީ، ބައިނަލްއަޤްވާމީ ބީލަމަށް ހުށަހެޅިގެން، މިކުންފުނިން ހޯދާފައިވާ މަޝްރޫޢެކެވެ.
މި ކުންފުނީގެ މަސްއޫލުވެރިންނަކީ، ގ.ގަލޮޅުއާގޭ އަލްފާޟިލް ޢަބްދުލްޢަޒީޒު ޢުމަރާއި، ގ.ގަލޮޅުއާގޭ އަލްފާޟިލް އިބްރާހީމް ޢަބްދުލްޢަޒީޒާއި، ގ.ގަލޮޅުއާގޭ އަލްފާޟިލް މުޙަންމަދު ޢަބްދުލްޢަޒީޒެވެ.