އަލްފާޟިލް އަޙްމަދު މާހިރު ދީދީ
މއ. ރައުފަތުގެ

               އަޙްމަދު މާހިރު ދީދީއަކީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރެވެ. މިގޮތުން، އެ ކުންފުނީގެ ރިޒޯޓުތައް ހިންގެވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެން އުޅުއްވަނީ އަޙްމަދު މާހިރުދީދީއެވެ. ޚާއްޞަގޮތެއްގައި ރާއްޖޭން ބޭރުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމުގެ މަސައްކަަތުގައި ގިނަ ދުވަސްތަކެއް ވަންދެން އަޙްމަދު މާހިރު އުޅުއްވާފައި ވެއެވެ. އަދި ބޭރުގެ ގިނަ އެއަރލައިންތަކެއް ރާއްޖެއަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވެ އުޅުއްވާފައި ވެއެވެ.

              އަޙްމަދު މާހިރަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެކެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން އުފައްދަވާފައިވާ ޓޫރިޒަމް ޕްރޮމޯޝަން އެޑްވައިޒަރީ ކައުންސިލުގެ މެންބަރެއްވެސްމެއެވެ.