އަލްފާޟިލް ޢަލީ އިދުރީސް
ފިތުރޯނުވިލާ/ލ.މާމެންދޫ

               ޢަލީ އިދުރީހަކީ، މިހާރު މަސްވެރިކަމުގައި ބޭނުންކުރާ ބޮޑެތި ދޯނިފަހަރު ފައިބަރުން އުފެއްދުމުގެ މަަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަސައްކަތް މީނާ ކުރައްވާތާ 6 އަަހަރު ވެއްޖެއެވެ. މިގޮތުން ޢަލީ އިދުރީސް އަމިއްލައަށް މޮޑެލް ހައްދަވައިގެން 7 ދޯންޏާއި 6 ލާންޗް، ފައިބަރުން ތައްޔާރުކުރައްވާފައި ވެއެވެ. މީގެތެރޭގައި، ދިގުމިން 103 ފޫޓާއި 60 ފޫޓާ ދެމެދުގެ ދޯނިފަހަރު ހިމެނެއެވެ.

                ޢަލީ އިދުރީހަކީ، އުމުރުން 14 އަހަރުން ފެށިގެން ކިއްސަރު ވަޑާމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.