އަލްފާޟިލާ ނިސްރީން ޢަލީ
ޝަބްނަމީވިލާ/ސ.މީދޫ

               ނިސްރީން ޢަލީއަކީ، މީނާގެ ރަށުގައި ކުޑަކުދިންނަށް ޢަރަބި އަކުރާއި، ތާނަ އަކުރާއި، ހިސާބު އަކުރު ދަސްކޮށްދެއްވައި، ކީރިތި ޤުރްއާން ކިޔަވައިދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. ނިސްރީނު މެދުނުކެނޑި މި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް ޢަރަބި އަކުރާއި، ތާނަ އަކުރާއި، ހިސާބު އަކުރު ލިޔެކިޔަން ދަސްކޮށްދެއްވާފައި ވެއެވެ. އަދި މީގެއިތުރަށް، މައިންބަފައިންނަށާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރަން ކުދިންނަށް ދަސްކޮށްދެއްވައި، އެ ރަނގަޅު އާދަ، ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން ވާހަކަތަކާއި ހާދިސާތައް ކުދިންނަށް ކިޔައިދެއްވައި، ކުދިން ހޭލުންތެރިކުރެއްވުމަށްވެސް މީނާ މަސައްކަތް ކުރައްވައެވެ. ކުދިންނަށް ލިޔެކިޔަން ދަސްކޮށްދެއްވުމަށް ކުރައްވާ މި މަސައްކަތް ނިސްރީން ކުރައްވަނީ ހިލޭ ސާބަހަށެވެ.