އަލްފާޟިލާ ޒަރީނާ ޢަބްދުﷲ
ގ. އޯޝަންމީޑް

           ޒަރީނާ ޢަބްދުﷲ، ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑަައިގެންފައިވަނީ މަދްރަސީ ދައުރުގައެވެ. އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ އުމުރުން 12 އަހަރުގައެވެ. ޒަރީނާގެ ޅެމެއް، ރަސްމީ ޖަލްސާއެއްގައި އެންމެ ފުރަތަމަ ކިޔާފައިވަނީ އަމީނިއްޔާ ސްކޫލަށް 13 އަހަަރު ފުރިގެން ބޭއްވެވި ޖަލްސާގައެވެ. އެކި ދުވަސްވަރު ނުކުމެފައިވާ ނޫސް މަޖައްލާތަކުގައި ޒަރީނާގެ ޅެންތައް ޝާއިޢު ކޮށްފައިވެއެވެ. ވަރަށްގިނަ އަހަރުތަކެއްގައި، މިނިވަންްދުވަހުގެ މުނާސަބަތުގައި އަމީނިއްޔާ ސްކޫލުން ހުށަހަޅާފައިވާ އައިޓަމުތަކުގައި ކިޔާފައިވަނީ ޒަރީނާ ހައްދަވާފައިވާ ޅެމެވެ. އަމީނިއްޔާ ސްކޫލާބެހޭ އެކިއެކި މުނާސަބަތުތަކުގައި ކިޔާފައިވާ މަރްޙަބާގެ ލަވަތައްވެސް މީނާ ހައްދަވައިދެއްވާފައިވެއެވެ. ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެންވެސް އެތައް ލަވައެއް ހައްދަަވައިދެއްވާފައި ވެއެވެ.

            މަދަރުސާ ކުދިންގެ ލަވަމުބާރާތަށް އެކި ސްކޫލްތަކުގެ ކުދިންނަށްވެސް ޒަރީނާ ލަވަ ހައްދަވައި ދެއްވަމުން ގެންދަވައެވެ. މަދަރުސާ ކުދިންގެ ލަވަމުބާރާތުން ލަވަހެދުމުން 1 ވަނަ، 2 ވަނަ، 3 ވަނަ އެކިއެކި އަހަރު ޒަރީނާއަށް ލިބިވަޑައިގެންފައި ވެއެވެ.