އަލްފާޟިލާ ޢާއިޝަތު ޝަކީލާ
ހ. ރެވިމާގެ

               ޢާއިޝަތު ޝަކީލާ އަކީ، ރާއްޖޭގައި ކުރިއްސުރެ ތައްޔާރުކުރަމުން އަންނަ ދިވެހި ކާނާއާއި އެ ތަކެތި ތައްޔާރުކުރާ ގޮތް އެކުލަވައިލައްވައި، "ކްލެސިކަލް މޯލްޑިވިއަން ކުޒިން" މި ނަމުގައި އިނގިރޭސިބަހުން ފޮތެއް ނެރުއްވާފައިވާ ބޭފުޅެކެވެ. މި ފޮތް މީނާ އެކުލަވައިލައްވާފައި ވަނީ، ކުރިއްސުރެ ދިވެހިންގެ މެދުގައި ކެއްކުމަށް ބޭނުންކުރި ތަފާތު ގޮތްތަކާއި، ވަސީލަތްތަކާ ބެހޭގޮތުން ގާތްގަނޑަކަށް ދޮޅުއަހަރެއްހާ ދުވަހު ދިރާސާ ކުރައްވައި، އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވުމަށްފަހުގައެވެ. މި ދިރާސާތައް މީނާ ކުރެއްވީ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި މަޢުލޫމާތު ހޯއްދަވައިގެންނާއި، އަދި ބައެއް އެހެން އަތޮޅުތަކުން މަޢުލޫމާތު ގެންނަވައިގެންނެވެ.

               ގާތްގަނޑަކަށް 500 ޞަފްޙާގެ މި ފޮތުގައި، 750 އަށްވުރެ ގިނަ ވައްތަރުގެ ކާއެއްޗެތި ތައްޔާރުކުރާނެ ގޮތް ބަޔާން ކުރައްވާފައި ވެއެވެ.