ސްޓެޓިކް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް

               ސްޓެޓިކް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިގަނޑު މަސައްކަތްތަކަކީ، ކަރަންޓު ލައިދިނުމާއި، ތަފާތު މެޝިނަރީ މަރާމާތު ކޮށްދިނުމާއި، ލޮނުފެން މީރުފެނަށް ހަދާ މެޝިނާއި، އެކިކަންކަމުގައި ބޭނުންކޮށްފައި ހުންނަ ފެން، އަލުން ބޭނުންކުރާގޮތަށް ބަދަލުކުރާ މެޝިން އުފައްދައި ބެހެއްޓުމުގެ ޚިދުމަތް ދިނުމެވެ. އަދި ލޯވޯލްޓޭޖް ޑިސްޓްރިބިއުޝަން ބޯޑާއި، ކޮންޓްރޯލް ސްވިޗްބޯޑާއި، ޕްރެޝަރުގައި ފެން ފޮނުވުމަށް ބޭނުންކުރާ ޕަމްޕުވެސް، މި ކުންފުނިން އުފައްދަަައެވެ. މި ކުންފުނީގެ އުފެއްދުންތައް، ބައެއް ޓޫރިސްޓް ރިޒޯޓުތަކުގަޔާއި، ދަނޑުވެރިކަމުގެ މަސައްކަތްކުރާ ބައެއް ރަށްރަށުގަޔާއި، ފެކްޓަރީތަކުގައި ބަހައްޓައިދީފައި ވެއެވެ. މިކުންފުނިން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކަރަންޓު ލައިދިނުމުގެ ހުރިހާ މަސައްކަތެއް، ތަކެތި ދިނުމުން ހިލޭ ކޮށްދިނުމާއި، މިކުންފުނިން ކަރަންޓުލައިދޭ ރަށްރަށުން، މީހުން މާލެއަށް ގެނެސް، ކުންފުނީގެ ޚަރަދުގައި ތަމްރީނު ކޮށްދެމުން ގެންދިއުން ހިމެނެއެވެ.

               މި ކުންފުނީގެ ޑިރެކްޓަރުންނަކީ، އަލްފާޟިލް އިސްމާޢީލް ޝަފީޢު މއ. ސަމިޓް، އަލްފާޟިލް އަޙްމަދު ރަމީޒު މ. ޝަފާ، އަލްފާޟިލް އަޙްމަދު ޙަލީމު މ. މުލަންމާގެ، އަލްފާޟިލް އަޙްމަދު ޙަމީދު މ.ހަނދުވަރުގަސްދޮށުގެ، އަލްފާޟިލް އިބްރާހީމް ރިޟާ މ.ޒިޔާރަތްފުށި، އަލްފާޟިލް މޫސާ ނަސީމު، މ.އަހިގަސްދޮށުގެ، އަލްފާޟިލް އަޙްމަދު ނާޒިމް މ.މާކޮޅު، މި ބޭފުޅުންނެވެ.