މުޙަންމަދު އާދަމަކީ، އުމުރުން 18 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަަވާ، މަސްވެރިކަމުގައި އުޅުއްވާތާ، ގިނަދުވަސްވީ ކެޔޮޅެކެވެ. މިގޮތުން 1998 ވަނަ އަހަރާ ހަމައަށް، އެކި މީސްމީހުންގެ ދޯނިފަހަރުގައި މަސްވެރިކަން ކުރެއްވުމަށްފަހު މިހާރު މަހަށް ފުރުއްވަނީ އަމިއްލަ ދޯންޏެއްގައެވެ.
ނައިފަރާއި، ނައިފަރަށް ޒިޔާރަތްކުރާ، އެކިރަށްރަށުގެ މަދަރުސާތަކުގަައި ފިޝަރީޒް ސައިންސް ކިޔަވާ ކުދިންނަށް މަސްވެރިކަމާބެހޭ މަޢުލޫމާތު މުޙަންމަދު އާދަމް ދެއްވަމުން ގެންދަވައެވެ.
މަސްވެރިކަމުން މުޙަންމަދު އާދަމަށް ލިބިލައްވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، މަސްވެރިކަން ކުރައްވާތާ އެންމެ ގިނަދުވަސްވީ ކެޔޮޅަކަށް ހޮވި، 1999 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވެވި ޖަލްސާގައި އިނާމާއި ހަނދާނީ ލިޔުން ލިބިލައްވާފައިވެއެވެ.