![](https://storage.googleapis.com/presidency.gov.mv/Photos/90997_0679dd0d-4_.png)
މ. މެރީލިއާ
ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމުގެ ނިޒާމަށް ކޮމްޕިއުޓަރ ޢިލްމު އެންމެފުރަތަމަ ތަޢާރުފުކޮށް ކިޔަވައިދޭން ފެށުމުގައި، ޙަސަން ޙަމީދު އިސްދައުރެއް އަދާކުރައްވާފައި ވެއެވެ. އަދިި ކޮމްޕިއުޓަރުން ތާނަ ލިޔުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. މަދުބަޔަކަށް ކޮމްޕިއުޓަރުން ތާނަ ލިޔެވޭގޮތަށް އޮތް ޙާލަތެއްގައި، ކޮމްޕިއުޓަރުން ފަސޭހައިން ތާނަ ލިޔެވޭނެ ޕްރޮގްރާމް އާންމުކުރައްވައި، ތާނަ ލިޔުމަށްޓަކައި 15 ފޮންޓް ތައްޔާރު ކުރައްވާފައިވެއެވެ.
"ދިވެހި ބަސްފޮތް 2000"ގެ ޕްރޮގްރާމް ފަރުމާކުރައްވައި، އެ ޕްރޮގްރާމްގެ ބޮޑުބައެއް ތައްޔާރުކޮށްދެއްވާފައިވަނީވެސް، ޙަސަން ޙަމީދެވެ. މިއީ، ހިލޭސާބަހަށް ޙަސަން ޙަމީދު ކޮށްދެއްވާފައިވާ މަސައްކަތެކެވެ.