އަލްފާޟިލާ ނަސީމާ މުޙަންމަދު
ހ. މާގިރި

               ނަސީމާ މުޙަންމަދަކީ، މަދްރަސީ ދައުރުން ފެށިގެން ތާރީޚަށް ޝައުޤުވެރިވެވަޑައިގެން ތާރީޚީ ލިޔުންތައް އެއްކުރައްވައި މުޠާލިޢާ ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. ޢާންމު ގޮތެއްގައި ތާރީޚާބެހޭ ލިިޔުންތައް ލިޔުއްވަން ފެށްޓެވީ 1995 ވަނަ އަހަރުއެވެ. މިހާރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން "ދިވެހިންގެ ތަރިކަ"އިގެ ނަމުގައި ނެރުއްވަމުން ގެންދަވާ މަޖައްލާއަށް، ތާރީޚީ އެކިއެކި ހޯއްދެވުންތަކުގެ އަލީގައި ނަސީމާ ގެންދަވަނީ ލިޔުއްވަމުންނެވެ. މިގޮތުން، ބޭރުގެ މުއައްރިޚުން ރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވާ މިހާތަނަށް އެއްކުރެވިފައި ނެތް އެތައް އާ މަޢުލޫމާތުތަކެއް މިދެންނެވި ފޮތުގައި ހިމަނުއްވާފައިވެއެވެ. އަދި މި މަޖައްލާގެ ހުރިހާ އަދަދަކަށްވެސް ނަސީމާ ލިޔުއްވާފައި ވެއެވެ.

               މީގެއިތުރުން، "ދިވެހި ރަައިޓިންގ ސިސްޓަމްސް" މި ނަމުގައި އިނގިރޭސިބަހުން ނަސީމާ ލިޔުއްވައި އެކުލަވައިލައްވާފައިވާ ފޮތެއް، ދިވެހިބަހާއި ތާރިީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން ވަނީ ޝާއިޢު ކުރައްވާފަައެވެ. މިފޮތުގައި، ދިވެހިބަސް ލިޔަން ބޭނުންކުރި އަކުރުތަކާ ބެހޭގޮތުންނާއި، އެވޭލާ އަކުރާއި، ދިވެސްއަަކުރާއި، ތާނަ އަކުރުތަކާ ބެހޭގޮތުންނާއި، މިސަރަޙައްދުގެ އެހެން ޤައުމުތަކުގައި ބޭނުންކުރާ ބަސްބަސް ލިޔެއުޅޭ އަކުރުތަކާއި، ދިވެހިން ބޭނުންކުރި އަކުރުތަކާ ހުރި ގުޅުންތައްވެސް ބަޔާންކޮށްދެއްވާފައި ވެއެވެ.