އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ
ހ. ހަތިހާ

               ރަމްލާ އަބްދުލްޣަނީ، ޅެން ހައްދަވަން ފަށްޓަަވާފައިވަނީ، މަދްރަސީ ދަަައުރުގައެވެ. ސަރުކާރާއި، އަމިއްލަ ފަރާތްތަކުން ނެރޭ ބައެއް ނޫސް މަޖައްލާތަކުގައި އޭރުއްސުރެ ރަމްލާގެ ޅެންތައް ޝާއިޢުކުރަައްވަމުން ގެންދަވައެވެ. ރަމްލާގެ ބައެއް ޅެމާއި ލަވަ، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ބޭއްވޭ ޖަލްސާތަކުގައާއި، ރަސްމީގޮތުން ބޭއްވޭ ބައެއް ކުޅިވަރު އައިޓަމުތަކުގައި މަދަރުސާ ކުދިން ބޭނުންކޮށްފައިވެއެވެ. އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު ތަރުޖަމާ ކުރައްވައި ނެރުއްވި "ވޭނީ ކަރުނަ" މި ވާހަކަ، ދެހާހަށްވުރެ ގިނަބަަައިތުގެ ޅެމަކަށް މީނާ ބަދަލުކުރައްވައިގެން ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި "މަލުގެ ހާރު" މި ޕުރޮގުރާމުގައި ޑްރާމާއެއްގެ ގޮތުގައި ފޮނުއްވާފައިވެއެވެ. ރަމްލާގެ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޅެންތަކުގެ ތެރޭގައި، ނޮވެންބަރު 3ގެ ޢުދްވާނީ ޙަމަލާއާ ގުޅިގެން ހެއްދެވި ޅެމަކާއި، އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވުމުގެ ހިތާމައިގައި ހެއްދެވި ޅެމަކާއި، "ބަލަން މަޑުންނުތިބެ ވީ އަދު ފަށާށޭ"، "ރަމްޒަކުން ދަންނަވާ"، މި ޅެންތައް ހިމެނެއެވެ.

               ދިވެހިރާއްޖޭގެ ފުރަތަމަ ޅެންވެރިންގެ ދުވަހު ބޭއްވެވި، ޅެންހެދުމުގެ މުބާރާތުން 1 ވަނަ މަގާމު ހާސިލުކުރައްވާފައިވަނީވެސް ރަމްލާއެވެ.