ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

               ލިލީ ޝިޕިންގގެ ފަރާތުން އާގުބޯޓުފަހަރު ދުއްވަންފެށީ، 1992 ވަނަ އަހަރުއެވެ. މި ކުންފުނިން ފުރަތަމަ ދުއްވީ، ގާތްގަނޑަކަށް 1500 ގްރޮސް ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. އޭގެފަހުން، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ ފްލީޓަށް ބޯޓުފަހަރު އިތުރުކުރަމުން ގެންގޮސް، މިހާރު އެ ކުންފުނީގައި ދުއްވާ ހަތަރު ބޯޓުގައި ޖުމްލަ 23250 ގްރޮސް ޓަނުގެ މުދާ އުފުލެއެވެ. އެ ކުންފުނީގެ ބޯޓުފަހަރުން އަހަރަކު ގާތްގަނޑަކަށް ހަތަރުލައްކަ ފްރައިޓް ޓަނުގެ މުދާ ރާއްޖެއަށް އިމްޕޯޓް ކުރެއެވެ. ލިލީ ޝިޕިންގގެ ބޯޓުފަހަރުގަޔާއި އެހެނިހެން މަސައްކަތްތަކުގައި 100 އަށްވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރަމުން ގެންދެއެވެ.

               މި ކުންފުނީގެ ހިއްސާދާރުންނަކީ، މއ. ރުއްކުރި އަލްފާޟިލް އަޙްމަދު ނާޞިރާއި، މ. ބޭދަނާގޭ އަލްފާޟިލް ޢަބްދުލް މުޙްސިން ޙުސައިނާއި، މ. މާސާ އަލްފާޟިލާ އަޒްހަރިއްޔާ މުޙަންމަދެވެ.