ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓް މުދާ ވިއްކުމުގެ ވިޔަފާރި ފަށާފައިވަނީ، 1994 ވަނަ އަހަރުގައެވެ. ގެދޮރުއެޅުމުގެ މައިގަނޑު ތަކެތީގެތެރޭގައި ހިމެނޭ ސިމެންތި، ހިލަ، ހިލަވެލި، ލަކުޑިފަދަ ތަކެއްޗާއި، ހާޑްވެއަރގެ ބާވަަތްތައް އިމްޕޯޓްކޮށް، މި ކުންފުނިން ވިއްކަމުން ގެންދެއެވެ. އަދި ތެލުގެ ބާވަތްތައްވެސް އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވައިދިނުމުގެ ޚިދުމަތްވެސް، މި ކުންފުނިން ކުރަމުން ގެންދެއެވެ. މިގޮތުން، މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، 399 މިލިޔަން ރުފިޔާގެ މުދާ މި ކުންފުނިން އިމްޕޯޓްކޮށްފައި ވެއެވެ.
މީގެއިތުރުން، ކ. ތިލަފުށީގައި 5000 ގްރޮސްޓަން، ފުންމިނުގައި 8.5 މީޓަރު ހުންނަ އާގުބޯޓުފަހަރަށް ކައިރިކުރެވޭނެ، މުދާ އަރުވައިބާލާނެ މަގަތުފާލަމެއް ހަަދައި، މުދާ ރައްކާކުރާނެ ގުދަންތަކާއި، ޑީސަލް ރައްކާކޮށް ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައިވުމާއި، ބަނޑުފަހަރު ބަނުމުގެ މަސައްކަތްވެސް މި ކުންފުނިން ކުރަމުން ގެންދެއެވެ.
މި ކުންފުނީގެ ހިއްސާދާރުންނަކީ، މ. އިރުފުހޭގޭ އަލްފާޟިލް އަޙްމަދު ޢުމަރުމަނިކާއި، މ. ޕިންކްފްލާވަރ އަލްފާޟިލް ޙުސައިން މުޙަންމަދުފުޅެވެ.