އަލްޙާފިޡް މުޙައްމަދު ޝަފްޢާން ސުލައިމާން
މ. ހެޕީކޯނަރ

 ޝަފްޢާނަކީ، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޙިފްޡު ކްލާހުގަޔާއި، 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ކިޔެވި ދަރިވަރެކެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ މިއަހަރުގެ ޖަނަވަރީމަހުއެވެ. 2011 ވަނަ އަހަރުގެ އޮގަސްޓު މަހު މިޞްރުގެ ޤާހިރާގައި ބޭއްވުނު މުބާރާތުން 3 ވަނަ ހާސިލު ކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ބޭއްވުނު އެކި ޤުރްއާން މުބާރާތްތަކާއި، ޤައުމީ ޤުރްއާން މުބާރާތްތަކުންވެސް ވަނީ މަތީ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ.