އަލްޙާފިޡާ ފާޠިމަތު ރަހުވާ ރަޝީދު
ދަފްތަރު ނަންބަރު ދރ. 1704

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ރަހުވާ ފެށްޓެވީ ޢުމުރުން އެންމެ 6 އަހަރުގައެވެ. ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޙިފްޡު ކްލާހުން ޖާގަ ލިބިވަޑައިގަތީ 2009 ވަނަ އަހަރުއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، 2014 ވަނަ އަހަރުއެވެ. 2007 ވަނަ އަހަރުން ފެށިގެން އެކިއެކި މުބާރާތްތަކުންނާއި، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ރަން ވަނަތަކެއް ރަހުވާ ވަނީ ހާސިލު ކުރައްވާފައެވެ.