އަލްޙާފިޡާ ޙައްވާދީދީ
ސ. ހިތަދޫ ސުރޫރު

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ ވަރަށް ވަރުގަދަ ޢަޒުމަކާ އެކުގައެވެ. ޝައުޤުވެރިކަމާއި އުންމީދާއި ހިތްވަރާއެކު 3 އަހަރު ދުވަހުގެ މަސައްކަތުންނެވެ. ޙައްވާދީދީއަކީ، އެ ޢާއިލާގެ 5 މެންބަރުންގެ ތެރެއިން މިހާރު ޤުރްއާން ހިތުދަސްކުރައްވައި ސަނަދު ހާސިލު ކުރައްވާފައިވާ ދެވަނަ ބޭފުޅާއެވެ.