އަލްޙާފިޡާ އާމިނަތު އަޙްމަދު
ސ. ހިތަދޫ އޭކްޕޫލް
ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އައްޑުއަތޮޅު ހިތަދޫގެ މިސްކިތެއްގައި ހިންގަމުންގެންދިޔަ ޘިމާރުލްޤުރްއާން ކްލާހުގައި އަމިއްލަގޮތުން ބައިވެރިވެވަޑައިގެން، އެކްލާހުގެ ފަރާތުން ޙިފްޡު ކްލާހެއް ފެށި ހިސާބުންނެވެ. ޤުރްއާން ހިތުދަސްކުރެއްވީ ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުންނެވެ. މިހާރު އޭނާއަކީ ޘިމާރުލްޤުރްއާން ކްލާހުގައި ޤުރްއާން ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.