
ޢާއިޝަތު ޝިރާނީ ފިލްމު ކުޅުއްވަން ފެށްޓެވީ 1992 ގައެވެ. ފުރަތަމަ ކުޅުއްވި ފިލްމަކީ، ފިލްމު "ނަސީބު" އެވެ. މިހާތަނަށް 14 ފިލްމު ކުޅުއްވައިފައި ވެއެވެ. އަދި ބައެއް ސިލްސިލާ ޑްރާމާތަކާއި، ޓެލެޑްރާމާތަކުގައި މުހިންމު ބައިތަކެއް އަދާކުރައްވައިފައި ވެއެވެ. ގިނަ އަދަދެއްގެ ވީޑިއޯ ލަވައިގައި ޝިރާނީ ބައިވެރިވެވަަޑައިގެންފައި ވެއެވެ. އަދި ބައެއް އިޝްތިހާރުވެސް ކުޅުއްވައިފައި ވެއެވެ.
ޝިރާނީއަށް މިރޮނގުން ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 1994 ގައި ބޭއްވި "ދިވެހި ފިލްމު ފެސްޓިވަލް 1" ން އެންމެމޮޅު ސަޕޯޓިންގ އެކްޓްރެސްގެ މަގާމު ލިބިވަޑައިގަތުން ހިމެނެއެވެ. އަދި "އާފަތިސް އެވޯޑްސް" 95ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމާއި، 95 އާއި، 97 ގެ އެންމެމޮޅު ނެށުންތެރިޔާގެ އިނާމާއި، "އާފަތިސް ފިލްމީ އިނާމު 1998"ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމުވެސް ލިބިވަޑައިގެންފައި ވެއެވެ.