އަލްފާޟިލް މޫސާ ލަޠީފު
މ.ހުސްނޫ

               މޫސާ ލަޠީފަކީ، މިހާރު "ހަވީރު" ނޫހުގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރެވެ. ނޫސްވެރިކަމުގެ ދާއިރާއަށް މޫސާ ލަޠީފު ވެދެވަޑަައިގަތީ 1987 ގައެވެ. 

               1989 އިން ފެށިގެން "ހަވީރު"ގެ ޕާޓްޓައިމް ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. 1990 ގައި، "ހަވީރު"ގެ ކުޅިވަރު ޞަފްޙާ ލިޔުއްވަން ފެށްޓެވިތާ ގިނަދުވަސްތަކެއްނުވެ، "ހަވީރު"ގެ ފުލްޓައިމް ރިޕޯޓަރެއްގެ މަގާމު ލިބިވަޑައިގަތެވެ. "ހަވީރު"ގެ ސްޓާފް ރިޕޯޓަރުކަމާއި، ސަބް އެޑިޓަރުކަމާއި، އެސިސްޓެންޓް އެޑިޓަރުކަމުގެ މަގާމު މިހާތަނަށް ފުރުއްވައިފައި ވެއެވެ. ނޫސްވެރިކަމުގެ ތަފާތު ކޯސްތައް މޫސާ ލަޠީފު ހައްދަވައިފައި ވެއެވެ. 

               ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، "ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރިހި ގަލަން" ސަރުކާރުން މުސާ ލަޠީފަށް ދެއްވައިފައި ވެއެވެ.