ރެއިންބޯ އެލުމިނިއަމް ޕްރައިވެޓް ލިމިޓެޑް

               އެލުމިނިއަމް ރާއްޖެއަށް އެތެރެކޮށް، ދޮރާއި ދޮރުފަތް ހެދުމުގެ މަސައްކަތް މި ކުންފުނިން ފެށީ 1995 ގައެވެ. 1997 ން ފެށިގެން، އުސް އިމާރާތްތަކުގައި ބިއްލޫރިއާއި އެލުމިނިއަމް ބޭނުންކޮށްގެން އިމާރާތުގެ ބޭރު ހެދުމުގެ މަސައްކަތާއި، އުސް އިމާރާތްތަކުގެ ބިތުގައި އެލުމިނިއަމް ޝީޓު ހަރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ކުރަމުން ގެންދެއެވެ. މި ކުންފުނިން ކޮށްަފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، މޫރިތި ބިލްޑިންގގެ އެލުމިނިއަމް ދޮރުތަކާއި ބޭރުފާރުގައި އެލުމިނިއަމް ޝީޓު ހަރުކޮށް ބިތްތައް ހެދުމުގެ މަސައްކަތާއި، އައިފާނު ބިލްޑިންގގެ އެލުމިނިއަމްއާއި ބިއްލޫރީގެ ފާރު ހެދުމުގެ މަސައްކަތް ހިމެނެއެވެ.

               މި ކުންފުނި މިފެންވަރަށް ތަރައްޤީ ކުރެއްވުމުގައި، މި ކުންފުނި ފެށުނުއިރު ތިއްބެވި ތިން ޑިރެކްޓަރުންގެ ތެރެއިން މިހާރު އަވަހާރަވެފައިވާ، މ. ޕެޓޫނިޔާ އަލްމަރްޙޫމް މުޙަންމަދު ޤާސިމާއި، ގ. ސަނީޑޭލް އަލްމަރްޙޫމް އަޙްމަދު ޝަރީފުގެ ވަރަށްބޮޑު ހިއްސާއެއްވާކަމަށް، ކުންފުނި ފުރަތަމަ ފެށުނުއިރު ހުންނެވި ތިންވަނަ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ރަފީޤު ވިދާޅުވެއެވެ.

               "ރެއިންބޯ އެލުމިނިއަމް ޕްރައިވެޓް ލިމިޓެޑު" ގައި  މިހާރު ތިއްބެވި ހިއްސާދާރުންނަކީ، މއ. ހުރެވި އަލްފާޟިލް އިބްރާހީމް ރަފީޤާއި، މ. ޕެޓޫނިޔާ އަލްފާޟިލާ ޚަދީޖާ މުޙަންމަދު ޤާސިމާއި، އަލްފާޟިލާ ރުޤިއްޔާ މުޙަންމަދު ޤާސިމާއި، އަލްފާޟިލާ ޢާއިޝަތު ސަމީނާއާއި، ގ. ސަނީޑޭލް އަލްފާޟިލާ ސާރާ އަޙްމަދު ޝަރީފާއި، އަލްފާޟިލް އިސްމާޢީލް ޝަރީފާއި، އަލްފާޟިލާ ޙައްވާ ޒާހިރާއެވެ. މި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ، މއ. ހުރެވި އަލްފާޟިލް އިބްރާހީމް ރަފީޤާއި، މއ. ހުރެވި އަލްފާޟިލާ އަމީނާ މުޙަންމަދު ދީދީ އެވެ.