އަލްފާޟިލް ޝަބީރު އަޙްމަދު
މ.ކުޑަދުންމާރިވިލާ

               ފަތުރުވެރިކަމުގެ ދާއިރާއިން ޝަބީރު އަޙްމަދުގެ ޚިދުމަތް އެންމެފުރަތަމަ ފެނިގެން ދިޔައީ، "ސަންލޭންޑް ޓްރެވަލްސް ޕްރަައިވެޓް ލިމިޓެޑް"ގެ ނަމުގައި 1985 ގައި ކުންފުންޏެއް އުފައްދަވައި، ޖަޕާނުން އަންނަ ފަތުރުވެރިންނަށް މާލޭ ވައިގެ ބަނދަރުން މަރްޙަބާ ކިޔަައި ރިޒޯޓުތަކަށް ފޮނުވައިދީ، އެމީހުންގެ ދަތުރާބެހޭ ކަންތައްތައް ހަަމަޖައްސަވައިދެއްވަމުން ގެންދަވާ ފަރާތެއްގެ ގޮތުގައެވެ.

               އޭގެފަހުން ސަރުކާރުން ކުއްޔަށް ދޫކުރެއްވި މާލެއަތޮޅު މަކުނުދޫ ކުއްޔަށް ހިއްޕަވައިގެން އެރަށުގައި ހިންގާ ރިޒޯޓު ތަރައްޤީ ކުރައްވައި ހިންގަވަން ފެށްޓެވިއެވެ. މިހާރު ޝަބީރު ހިއްސާވާ 2 ރިޒޯޓު އޮވެއެވެ.

               ރަައީސުލްޖުމްހޫރިއްޔާ ދެއްވާ ފެހި ރިޒޯޓް އިނާމު މިއަހަރު ލިބިފައިވަނީ، ޝަބީރު ހިއްސާވާ އެއް ކުންފުނި ކަމަށްވާ، ސަންލޭންޑް ގްރޫޕުން ހިންގާ "ކޮކޯ ޕާމް ރިޒޯޓް އެންޑް ސްޕާރ" އަށެވެ. "ކޮކޯ ޕާމް ރިޒޯޓް އެންޑް ސްޕާރ" އަށް ލިބިފައިވާ އެހެން އިނާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގެ އެންމެބޮޑު އިންޑިޕެންޑެންޓް ޓުއަރ އޮޕަރޭޓަރެއް ކަމުގައިވާ ކޮސްމޮސް އިން، ދުނިޔޭގެ އެކި ތަންތަނަށްދާ ފަތުރުވެރިންގެ ވޯޓަކުން ހޮވުނު "ބެސްޓް ލޯންގ ހޯލް ހޮޓެލް 2000" އިނާމާއި، ޖަޕާނުގެ ފީނުމާބެހޭ މަޖައްލާ "އުމި ތޮ ޝިމާ ނޮ ތަބި" އިން އެއްވަނަ "ފޮޓޯޖެނިކް ރިޒޯޓް 2001" އިނާމު ހިމެނެއެވެ. އަދި މި ރިޒޯޓަކީ މުޅި ދުނިޔެއިން ހޮވައިލެވޭ ހުރިހާ ގޮތަކުންވެސް ރީތި، ރަނގަޅު ކުދި ހޮޓާތައް ހިމެނޭ ޖަމްޢިއްޔާ "ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދަ ވާރލްޑް"ގެ މެންބަރުކަންވެސް ލިބިފައިވާ ރިޒޯޓެކެވެ.

               ބޭރުގެ ތަޖުރިބާކާރަކު ގެންނަވައިގެން މުވައްޒަފުން ތަމްރީނު ކުރައްވައި، މުވައްޒަފުންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސަައްކަތް ކުރައްވަމުންވެސް ގެންދަވައެވެ.