އަލްފާޟިލް އާދަމް ޙަލީމް ޢަދްނާނު
ޗާނދަނީވިލާ / ޅ.ނައިފަރު

               އާދަމް ޙަލީމު ޢަދްނާނު ޅެން ހައްދަވަން ފެށްޓެވީ، މަދަރުސީ ދައުރުގައެވެ. އެކިއެކި ލަވަ އަލްބަމްތަކަށާއި، ލަވަ މުބާރާތްތަކަށާއި، ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޅެމާއި ލަވަ، ހައްދަވައިދެއްވައިފައި ވެއެވެ. އާދަމް ޙަލީމުގެ ޅެންތައް ނޫސް މަޖައްލާތަކުގަަައިވެސް ޝާއިޢުކޮށްފައި ވެއެވެ. އާދަމް ޙަލީމް، ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށާއި، ބައެއް އަމިއްލަ ފަރާތްތަކަށް ޅެން ހަދަން ދަސްކޮށްދެއްވައިފައި ވެއެވެ. 1990 ގެ ކުރީކޮޅުގައި، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި "ޅެންވެރިންނާއެކު" މި ޕުރޮގުރާމުގައި ޅެން ޝަރަޙަ ކޮށްދެއްވައިފައިވެސް ވެއެވެ. އަދި ބައެއް ޅެނެްމުބާރާތްތަކުގެ ފަނޑިިޔާރުކަން ކޮށްދެއްވައިފައި ވެއެވެ.

               "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން" ބޭއްވެވި ޅެން ހެދުމުގެ ޤައުމީ މުބާރާތްތަކުގަޔާއި، ޓީވީ މޯލްޑިވްސް އިން ބޭއްވެވި ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކުން ޅެން ހެދުމުން މަތީ ވަނަތަކެއް އާދަމް ޙަލީމް ހޯއްދަވައިފައި ވެއެވެ. "މިނިވަން ދިވެހިރާއްޖެ - ސާފު ދިވެހިރާއްޖެ" މި ޝިޢާރުގެ ދަށުން ބޭނުންކުރުމަށް ހެދި ލަވަތަކުގެ ތެރެއިން އެންމެ ރަނގަޅު ލަވައަކަށް ހޮވުނީ އާދަމް ޙަލީމު ޢަދްނާނު ހައްދަވައިފައިވާ ލަވައެވެ.