އަލްފާޟިލް މުޚްތާރު އާދަމް
ފްލޮރެންސް / ގއ.ދާންދޫ

      މުޚްތާރު އާދަމަކީ، ލަވަ ވިދާޅުވުމާއި، ލަވަ އަލްބަމް އުފެއްދެވުމާއި، އެހެން މީހުންނަށް ލަވަ އަލްބަމް ތައްޔާރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާތަނަށް އަމިއްލައަށް ލަވަ ވިދާޅުވެފައިވާ ދެ އަލްބަމާއި، އެހެންމީހުންގެ ލަވަޔާއެކު 10 އަލްބަމް ނެރުއްވާފައިވެއެވެ.  އަދި 80 އަށްވުރެ ގިނަ ލަވަ އަލްބަމަށް 300 އަށްވުރެގިނަ ލަވަ ވިދާޅުވެދެއްވާފައިވެއެވެ. ސަރުކާރުން ބާއްވަވާ ބައެއް ޙަފްލާތަކުގަޔާއި، މާލެއާއި އަތޮޅުތަކުގައި ބާއްވާ ޝޯތަކުގައިވެސް މުޚުތާރު ލަވަ ވިދާޅުވެދެއްވަމުން ގެންދަވައެވެ.