އަލްފާޟިލް މުޢާވިޔަތު ޢަލީ
ހ.އަލިނަރުވިލާ

       މުޢާވިޔަތު ޢަލީއަކީ، މަދްރަސީ ދައުރުން ފެށިގެން ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ، ޤައުމީ ފެންވަރުގައި މި ރޮނގުން ކާމިޔާބު ހޯއްދަވާފައިވާ ބޭފުޅެކެވެ. މުޢާވިޔަތަކީ، ހުރިހާ ވައްތަރެއްގެ ކުރެހުމެއްވެސް ކުރައްސަވާ ބޭފުޅެކެވެ. މީގެއިތުރުން، ސްޓޭޖް ޑިޒައިނާއި، ގްރެފިކް ޑިޒައިނާއި، ލޯގޯ ޑިޒައިން ކުރެއްވުން ހިމެނެއެވެ. ޖުމްހޫރީ 25ގެ ލޯގޯއާއި، ސާސްކަފްް ލޯގޯއާއި، ފަތުރުވެރިކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އޮކިއުޕެންސީ އެވޯޑް ފަރުމާކުރައްވާފައިވަނީ، މުޢާވިޔަތު ޢަލީއެވެ. އަދި އަމިއްލަ ފަރާތްތަކަށްވެސް ގިނަ އަދަދަކަށް ލޯގޯއާއި އިޝްތިހާރު ފަރުމާކޮށްދެއްވާފައިވެއެވެ.