ސޮނީ ގްރޫޕް
އަލްފާޟިލް އިސްމާޢީލް އިބްރާހީމް ހ. އެނބޫގަސްދޮށުގެ

       ސޮނީ ގުރޫޕްގެ ނަމުގައި ރާއްޖޭގައި މިހާރު ކުރިއަރާފައިވާ ވިޔަފާރި ކުރަންފެށީ 1968 ގައެވެ.  އޭރުގެ ވިޔަފާރިއަކީ، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމާއި، ހެދިކާހަދައި ވިއްކުމެވެ. މިގޮތުން ފެށި ވިޔަފާރި އިމްޕޯޓްމުދާ ވިއްކުމުގެ ވިޔަފާރިއަށް ބަދަލުވެ، 80ގެ އަހަރުތަކުގެ ފަހުކޮޅު ސޮނީގެ މައިގަނޑު ވިޔަފާރި ހާޑްވެއަރ ވިޔަފާރިއަށް ބަދަލުކުރެވުނެވެ. މިހާރު ސޮނީ ހާރޑްވެއަރ 7 ފިހާރަ އެބަހުއްޓެވެ. މީގެއިތުރުން ، "ސޮނީސްޕޯޓްސް"ގެ ނަމުގައި ކުޅިވަރާބެހޭ ތަކެތީގެ ވިޔަފާރިކުރާ 2 ފިހާރައާއި، "އެސްޓަރސް"ގެ ނަމުގައި ލިޔެކިޔުމާބެހޭ ތަކެތީގެ ވިޔަފާރިކުރާ 2 ފިހާރައާއި، "ޕޯޓްސަން ޝޭޑްސް"ގެ ނަމުގައި ވިޔަފާރިކުރާ އެއްފިހާރަ އެބަހުއްޓެވެ. "ސޮނީގުރޫޕް" އަކީ، ކުޅިވަރާބެހޭ ތަކެތީގެ 10 ބްރޭންޑެއްގެ ރާއްޖޭގެ ސޯލް އޭޖެންޓެވެ. އަދި ލިޔެކިޔުމާބެހޭ ތަކެތީގެ 17 ބްރޭންޑެއްގެ ސޯލް އެޖެންޓަކީވެސް ސޮނީ ގުރޫޕެވެ. 

       ވޭތުވެދިޔަ 3 އަހަރުގެ އިމްޕޯޓަށް ބަލާއިރު، 54 މިލިޔަން ރުފިޔާގެ މުދާ މިގްރޫފުން ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. 

       މާލޭ ވިނގިލީގަޔާއި، ހދ. ނޮޅިވަރަންފަރުގައި،  މި ގްރޫޕްގެ ޚަރަދުގައި މިސްކިތެއް ބިނާކޮށްދީފައި ވެއެވެ.

      "ސޮނީ ގްރޫޕް"ގެ ވިޔަފާރި ފެށުމުގަޔާއި، ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅަކީ، ހ.އެނބޫގަސްދޮށުގޭ އަލްފާޟިލް އިސްމާޢީލް އިބްރާހީމެވެ.