އަލްފާޟިލް ޝުޖާޢު ޢަބްދުލްޙަންނާނު
ގ.ތުނޑި

       ޝުޖާޢު ޢަބްދުލްޙައްނާނު، ދިރޭ ކުދިމަސް އެކްސްޕޯޓް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ، 1991 ވަނަ އަހަރު، "ސަބްޓްރޮޕިކް އެގްޒޯޓިކް ޕެރެގަން"ގެ ނަމުގައި ލޯކަލް އިންވެސްޓްމަންޓެއް ރަޖިސްޓަރީ ކުރައްވައިގެންނެވެ. ދިހަވަރަކަށްހާސް ރުފިޔާއިން  ފެށްޓެވި މިމަސއްކަތަށް މިހާރު ވަނީ 4 މިލިޔަން ރުފިޔާ އިންވެސްޓް ކުރައްވާފައެވެ. 

      މައިގަނޑު ގޮތެއްގައި، ދިރޭ ކުދިމަސް  އެކްސްޕޯޓް ކުރައްވަނީ، ޔޫރަޕުގެ ޤައުމުތަކަށެވެ.  ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި، "ސަބްޓްރޮޕިކް އެގްޒޯޓިކް ޕެރެގަން"ގެ ނަމުގައި އެކްސްޕޯޓް ކުރެއްވި ދިރޭ ކުދިމަހުގެ އަގު 7 މިލިޔަށް ރުފިޔާއަށްވުރެ އިތުރުވެފައި ވެއެވެ.