އަލްފާޟިލް އަޙްމަދު ޞިޔާމް މުޙައްމަދު
ގ.ސަންސެޓް

     ފަތުރުވެރިކަމުގެ ދާއިރާގައި އަޙްމަދު ޞިޔާމު ޚިދްމަތްކުރައްވަން ފެއްޓެވީ 1987 ގައެވެ. އަޙްމަދު ޞިޔާމު ހިންގަވާ ދެ ރިޒޯޓަކީ، ވިލުރީފު ބީޗް އެންޑް ސްޕާ ރިޒޯޓާއި، އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓެވެ. 2001 ވަނަ  އަހަރު އެނދުގެ އަދަދު 100 އިން ފެށިގެން 199 އާ ދެމެދުގެ ރިޒޯޓު ހޮޓާތަކުގެ ތެރެއިން އެންމެ މަތީ އޮކިއުޕެންސީއެއް ޤާއިމުކުރި ރިޒޯޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ލިބުނީ، ވިލުރީފު ބީޗް އެންޑް ސްޕާ ރިޒޯޓަށެވެ. 

     އަޙްމަދު  ޞިޔާމަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވާ "25 އިޔާރސް އޮފް ސަސްޓޭނަބްލް ޓޫރިޒަމް އިން ދަ މޯލްޑިވްސް 1972 - 1997" އެވޯޑާއި، އިންޓަރނޭޝަނަލް ރިކޮގްނިޝަން އޮފް އެފިޝަންސީ ގޯލްޑް ސްޓަރ ފޮރ ކޮލިޓީ - 2000 އެވޯޑް (ޖެނީވާ/ ސްވިޓްޒަރލޭންޑް) އާއި، ޕާރޓްނާރސް އިން އެކްސަލަންސް 2001 އެވޯޑް (ޖޭ.އެމް.ސީ/ޔޫ.ކޭ) އާއި، ޑައިވް އެންޑް ޓްރެވަލް 2001، 2002 (މެރައިން އާޓް ސެންޓަރ/ދަ ޑައިވް އެންޑް ޓްރެވަލް އެވޯޑްސް ކޮމިޓީ/ޖަޕާން) ހިމެނެއެވެ.

     އަޙްމަދު ޞިޔާމަކީ، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށާއި، ރަށްރަށުގެ ތަޢްލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް އެހީވެދެއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.