![](https://storage.googleapis.com/presidency.gov.mv/Photos/88585_4b363a83-b_.png)
ޑޯރެންސީވިލާ / ރ.ކަނދޮޅުދޫ
އަޙްމަދު އިބްރާހީމަކީ، މަސްވެރިކަން ކުރުވުމާއި، މަސްގަނެ، ކައްކައި ހިއްކައިގެންނާއި ލޮނުއަޅައިގެން، ފަރުމަހުގެ ބާވަތްތައް ތައްޔާރުކޮށް އެކްސްޕޯޓް ކުރުމާއި، ހުއިފިލަނޑަޔާއި ދިރޭމަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރައްވާ ބޭފުޅެކެވެ.
މަސްވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި 1999 ވަނަ އަހަރު، ށ. ނަލަންދޫ، ދިގުމުއްދަތަކަށް އަޙްމަދު އިބްރާހީމަށް ސަރުކާރުން ކުއްޔަށް ދެއްވުމާ ގުޅިގެން، ކުރިންވެސް ކުރައްވަމުން ގެންދެވި ހުއިފިލަނޑާ ވިއްސައި އާލާކުރެއްވުމުގެ މަސައްކަތް އެރަށަށް ބަދަލުކުރައްވައި، އެމަސައްކަތް އެރަށުގައި ގެންދަވަނީ ކުރައްވަމުންނެވެ.