އަލްފާޟިލް ގަދަގޭ ކުޑަތުއްތު
ގ.ބާޑީގެ

       ގަދަގޭ ކުޑަތުއްތުއަކީ، މީގެ 24 އަހަރު ކުރިން ރާއްޖޭގައި އަމިއްލަގޮތުން ބޭސްފިހާރައެއް ހިންގަވަން ފެށްޓެވި ބޭފުޅެކެވެ. ސަރުކާރުން ފުރަތަމަ ހިންގެވި ފާރމަސީ ކޯހުގައި ބައިވެރިވެވަޑައިގެން، 1980 ވަނަ އަހަރު ސެޓްފިކެޓް ހާސިލު ކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. 

       ޖީ.ކޭ.ޓީ ފާމަސީގެ ނަމުގައި ހިންގަވާ ދެ ބޭސްފިހާރަ މިހާރު އެބަހުއްޓެވެ. ޖީ.ކޭ.ޓީ ފާމަސީތަކުގައި، ފެށުނީއްސުރެ މަސައްކަތް ކުރަނީ ދިވެހިންނެވެ.