އަލްފާޟިލް އަޙްމަދު ފަތުޙީ
ސިލްވަރ / ގދ.ތިނަދޫ

       އަޙްމަދު ފަތުޙީ، ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވީ 1969 ވަނަ އަހަރުއެވެ. ފުރަތަމަ ކުރެއްވި މަސައްކަތަކީ، އެދުރުގެއެއްގައި ތުއްތުކުދިންނަށް ކީރިތި ޤުރްއާން އުނގަންނައިދެއްވުމެވެ. އޭގެފަހުން އެކި ނަންނަމުގައި ތިނަދޫގައި ހިންގި ކިޔަވައިދޭ ތަންތަނުގައި ކިޔަވައިދެއްވަމުން ގެންދަވާފައިވެއެވެ.

      އަޙްމަދު ފަތުޙީގެ އަނބިކަނބަލުންގެ ނަމުގައި ތިނަދޫގައި މިހާރު ހިންގަވާ، މިޞްބާޙުލްހުދާ ސްކޫލަކީ، އަޙުމަދު ފަތުޙީ ޒިންމާ އުފުއްލަވައިގެން ހިންގަވާ ސްކޫލެކެވެ.  މި ސްކޫލްގައި އާންމުގޮތެއްގައި ތަޢުލީމު ހާޞިލުކުރަމުންގެންދާ ދަރިވަރުންނަކީ، ތަފާތު ސަބަބުތަކާހުރެ އެހެން ސްކޫލްތަކުން ކިޔެވުމުގެ  ފުރުޞަތު ލިބިފައިނުވާ ދަރިވަރުންނާއި، އާއިލީ މައްސަލަތައް ދިމާވެފައިވުމުންނާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ނެތް ކުދިންނެވެ.

      މި ސްކޫލްގައި މިހާރު 300 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ.