ސައިރިކްސް ކޮމްޕިއުޓަރ ޓްރޭނިންގ ސެންޓަރ
މަސްއޫލުވެރިޔާ އަލްފާޟިލް އަޙްމަދު ޝަރީފް
ސައިރިކްސް ކޮމްޕިއުޓަރ ޓްރޭނިންގ ސެންޓަރަކީ، ފުޅާ ދާއިރާއެއްގައި މާލެއާއި އަތޮޅުތަކުގައި ކޮމްޕިއުޓަރުގެ ޢިލްމު އުނގަންނައިދޭ ތަނެކެވެ. 1993 ވަނަ އަހަރު މިސެންޓަރު އުފެދުނުއިރު ހުރީ، 6 ކޮމްޕިއުޓަރ ސެންޓަރެވެ. ނަމަވެސް މިހާރު މާލެއާއި އަތޮޅުތަކުގައި 10 ސެންޓަރު އެބަހުއްޓެވެ. މިތަންތަނުން މިހާތަނަށް ބާރަހާހަށްވުރެ ގިނަ ދަރިވަރުންނަށް ތަމްރީނު ދެވިފައިވެއެވެ. މިތަނުން މިހާރުވަނީ، އެޑްވާންސް ސެޓްފިކެޓް ކޯސްތަކާއި، ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގަން ފަށާފައެވެ.
ސައިރިކްސް ކޮމްޕިއުޓަރ ޓްރޭނިންގ ސެންޓަރުގެ މަސްއޫލުވެރިޔާއަކީ، އައްޑުއަތޮޅު ހުޅުދޫ ނޫރީގޭ އަލްފާޟިލް އަޙްމަދު ޝަރީފެވެ.