އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު
މއ.ކަށިމާ

       ކަށިމާ އަޙުމަދު ޝާކިރަކީ، މަދްރަސީ ދައުރުން ފެށިގެން ވާހަކަދެއްކުމުގެ ފަންނަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

      އަޙުމަދު ޝާކިރު ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ ތެރޭގައި، މަދްރަސަތުލް ޢަމަލާއި، މަދްރަސަތުލް އަޙުރާރާއި އަދި މިނޫންވެސް ބައެއް ސްކޫލް  މަދްރަސާތަކުގައި ދިވެހިބަސް ކިޔަވައިދެއްވުމާއި، ވާހަކަދެއްކުންތެރިކަން، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވުން ހިމެނެއެވެ. 

      އަޙުމަދު ޝާކިރަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ޖަމްޢިއްޔަތުލްއަމީނުގެ ފަރާތުން  މާލޭގައި ފުރަތަމަ ބޭއްވި ވާހަކަދެއްކުމުގެ މުބަރާތުން 1ވަނަ ލިބިވަޑައިގެންފައިވުމާއި، މަޢުހަދުގެ އިސްދަރިވަރުންގެ ޖަމްޢިއްޔާއިން، މަދަރުސާތަކުގެ އަދަބީ ޖަމްޢިއްޔާތަކަށް ހުޅުވައިލި ފުރަތަމަ ބަހުސް މުބާރާތުން 1ވަނަ ހޯއްދެވުމާއި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ބޭއްވެވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި  ބައިވެރިވެވަޑައިގެންނެވި ކޮންމެފަހަރަކު މަތީވަނައެއް ހާސިލުކުރެއްވުން ހިމެނެއެވެ.