އަލްފާޟިލް ފަތުޙުﷲ ވަޙީދު
ހ.ނޫއަލި

             ފަތުޙުﷲ ވަޙީދު، ކްލަބް ފެންވަރުގައި ވޮލީ ކުޅެންފެށީ، 1990 ގައެވެ. ރާއްޖޭގެ ޤަައުމީ ވޮލީޓީމު ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައި ބައިވެރިވިއިރު ފަތުޙުﷲ ވަނީ، ކެޕްޓަނެއްގެ ގޮތުންނާއި، ކުޅުންތެރިއެއްގެ ގޮތުން، ރާއްޖެ ތަމްސީލުކޮށްދީފައެވެ. ޤައުމީ ޓީމުގެ އިތުރުން، ކްލަބްތަކާއި، އެހެން ބައެއް ޓީމުތަކުގެ ކެޕްޓަންކަންވެސް ފަތުޙުﷲ ކޮށްފައިވެއެވެ. އަދި ވަރަށްގިނަ ކާމިޔާބީވެސް ޓީމުތަކަށް ހޯދައިދީފައިވެއެވެ. މީގެތެރޭގައި، ޤައުމީ ވޮލީ މުބާރާތާއި، އެސޯސިއޭޝަން ކަޕް މުބާރާތާއި، މާލޭ ލީގް ވޮލީ މުބާރާތާއި، ސަރުކާރުގެ އޮފީސްތަކުގެ ވޮލީ މުބާރާތްތަކުގައި ފަތުޙުﷲ ބައިވެރިވި ޓީމުތަކަށް ހޯދައިދީފައިވާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. 

               ވޮލީގައި ފަތުޙުﷲ ވަޙީދު ކުޅެނީ، ސެޓަރުގެ މަގާމަށެވެ. އެކިއެކި މުބާރާތްތަކުގެ އެންމެމޮޅު ސެޓަރުގެ މަގާމު 24 ފަހަރު ފަތުޙުﷲ ހޯދާފައި ވެއެވެ. މީގެއިތުރުން، ވޮލީގެ އެންމެ އުންމީދީ ކުޅުންތެރިިޔާގެ މަގާމާއި، އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާކަންވެސް، ފަތުޙުﷲގެ ވޮލީގެ ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކޮށްލެއެވެ. އެފް.އައި.ވީ.ބީ. ލެވެލް 1 އާއި، 2 ގެ ކޯޗިންގ ސެޓްފިކެޓްވެސް ފަތުޙުﷲ އަށްވަނީ ލިބިފައެވެ.