އަލްފާޟިލް ޔޫސުފް ޝަފީޢު ޢަލީ
މއ.ކެލާގެއާގެ

               ޔޫސުފް ޝަފީޢު ފިލްމު ކުޅުއްވަން ފެށްޓެވީ، 1999 ގައެވެ. މިގޮތުން މިހާތަނަށް 19 ފިލްމު ކުޅުއްވައި، 117 ލަވަޔަށް އެކްޓް ކުރައްވާފައި ވެއެވެ. ޔޫސުފް ޝަފީޢު ކުޅުއްވާފައިވާ، ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، "ވެހޭވާރޭތެރޭން"، "ކަލާޔާނުލާ"، "ސަނދުރަވިރޭ"، "އާހް" މި ފިލްމުތައް ހިމެނެެއެވެ. މީގެއިތުރުން، އެކިއެކި މުނާސަބަތުތައް ފާހަގަކުރެއްވުމުގެގޮތުން ސަރުކާރުން ބާއްވަވާ ޙަފްލާތަކާއި ޝޯތަކުގައި ބައިވެރިވެވަޑައިގެން، މުނިފޫހިފިލުވުމުގެ އައިޓަމުތައް ހުށަހަޅުއްވަމުން ގެންދަވައެވެ. އަދި އަތޮަޅުތަކުގެ ރަށްރަށުގައި ބާއްވާ ޝޯތަކުގައިވެސް، ޔޫސުފް ޝަފީޢު ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.