އަލްފާޟިލް ޢަލީ ޢަބްދުލްކަރީމް
ހ.ރުކުމާގެ

               ޢަލީ ޢަބްދުލްކަރީމަކީ، ލަވަޔަށް މިޔުޒިކް ތައްޔާރުކޮށްދެއްވާ، ބެކްގްރައުންޑް މިޔުޒިކް ހައްދަވާ، ލަވަ ވިދާޅުވާ، މިޔުޒިކް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެދިވަޑައިގަތުމުގެމަތިން، އެކިއެކި ޚާއްޞަ މުނާސަބަތުތަކާއި ދުވަސްތަކާ ގުޅޭގޮތުން ބާއްވާ ޖަލްސާތަކާއި ޙަފްލާތަކަށް މިޔުޒިކާއި ރާގު ހައްދަވައިދެއްވައި، އެކިއެކި ލަވަ މުބާރާތްތަކަށް މިޔުޒިކާއި ރާގު ހައްދަވައިދެއްވަމުން ގެންދަވައެވެ. އަދި ޢަލީ ޢަބްދުލްކަރީމުގެ އަމިއްލަ ރާގު ހިމެނޭ ދެ އަލްބަމެއްވެސް ނެރުއްވާފައިވެއެވެ. ޢަލީ ޢަބްދުލްކަރީމަކީ، 2001 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ މަރުކަޒުގައި، މިޔުޒިކް ދަސްކޮށްދޭ އިންސްޓްރަކްޓަރެއްގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވަމުން ގެެންދަވާ ބޭފުޅެކެވެ. މިގޮތުން، މާލެއާއި އަތޮޅުތަކުގައި ޒުވާނުންނަށް މިޔުޒިކް ދަސްކޮށްދެއްވުމުގެ ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ.