އަލްފާޟިލް އަޙްމަދު ލުޠުފީ
ގ.ގްރީންލޭންޑް
ގެރެންޓީ ފައިބަރގްލާސް ފެބްރިކޭޝަންގެ ނަމުގައި ފައިބަރގްލާސްއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އުފެއްދުމުގެ މަސައްކަތް އަޙްމަދު ލުޠުފީ ފެށްޓެވީ، 1999 ގައެވެ. މިގޮތުން މި މަސައްކަތުގައި ލުޠުފީ ވަނީ، ބޮޑު ކާމިޔާބީއެއް ހާސިލުކުރައްވާފައެވެ. މިހާތަނަށް ކަނޑުގައި ދުއްވާ 87 އުޅަނދު އުފައްދާފައިވެއެވެ. މީގެތެރޭގައި 8 ފޫޓާއި 25 ފޫޓާ ދެމެދުގެ ލާންޗާއި، ޑިންގީފަދަ އުޅަނދުފަހަރު ހިމެނެއެވެ. މީގެއިތުރުން، ގެރެންޓީ ފައިބަރގްލާސް ފެބްރިކޭޝަނުން އުފައްދާ ތަކެތީގެ ތެރޭގައި، ކަނދުފަތީގަައި ހަރުކުރާ ބޮޔާއި، ފާޚާނާ ޖަންކްޝަނާއި، ފިއުލް ޓޭންކާއި، ބެޓެރީލާ ފޮށްޓާއި، ރިޒޯޓްތަކުގެ ކޮޓަރިތަކުގެ ކައިރީގައި ފައިދޮންނަން ބަހައްޓާ ތަށްޓާއި، މާކަރ ބޮއި ހިމެނެއެވެ.