ޑީސަލް އިންޖީނު މަރާމާތުކުރުމުގެ މަސަައްކަތް ޢަބްދުﷲ ވަސީމު ފެށްޓެވީ، 1982 ގައެވެ. ވަސީމު މަޝްހޫރުވެފައިވަނީ، ވޮލްވޯ އިންޖީނު މަރާމާތުކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށްވިޔަސް، ރާއްޖޭގައި ދުއްވާ ގިނަ އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކޮށްދެއްވުމުގެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދެއްވާ ބޭފުޅެއްގެ ގޮަތުގައި ވަސީމު ހިމެނިވަޑައިގެންފައިވެއެވެ. އެލްމެނިއަމް ވެލްޑިންގއާއި އާރގަން ވެލްޑިންގ ރާއްޖެއަށް ޢާންމުގޮތެއްގައި ތަޢާރުފް ކުރައްވާފައި ވެއެވެ. އަދި ހައިޑްރޯލިކް ހޮޅި ބޭނުންކުރާ މެޝިން، އިންޖީނުފަދަ އެއްޗެހިން ހަލާކުވާ ހޮޅި ރާއްޖެއިން ބޭރަށް ނުފޮނުވައި، އޭގެ މިންތަކާ އެއްގޮތަށް ހައްދަަވައިދެއްވަމުން ގެންދަވައެވެ.
ތިންހާހެއްހާ ރުފިޔާގެ ޓޫލްސްއާއި، ދެ މުވައްޒަފުންނާއެކު ފެށި މި މަސައްކަތަށް މިހާރުވަނީ، ގާތްގަނޑަކަށް ފަސްމިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައެވެ. ވަސީމުގެ މި މަސައްކަތުގައި މިހާރު 22 މުވައްޒަފުން ހަރަކާތްތެރިވެއެވެ.