ދަ ގުޑްވިލް ޕްރައިވެޓް ލިމިޓެޑް

               ރާއްޖެއިން ބޭރުގެ ބޯޓުފަހަރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތް މި ކުންފުނިން ފެށީ 1985 ގައެވެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކޮންމެ އަހަރަކުވެސް 250 އަށްވުރެ ގިނަ ދިވެހިންނަށް ބޭރުގެ ބޯޓުފަަަހަރުން ވަޒީފާގެ ފުރުސަތު ހޯދައިދެމުން ގެންދެއެވެ. މިހާރު މި ކުންފުނިން، އެކި ފެންވަރުގެ ތަފާތު ވަޒީފާތަކަށް ފޮނުވާފައި ތިބީ 261 ދިވެހިންނެވެ.

               މި ކުންފުންޏަކީ، ބޭރުގެ ބޯޓުފަަހަރުގެ ވަޒީފާތަކަށް އެންމެ ގިނައިން ދިވެހިން ފޮނުވާ ކުންފުންޏެވެ. މި ކުންފުންޏަކީ، ސީމަނުންނަށް ކުރިމަތިވާ މައްސަލަތަކުގަައި ގަވާއިދަށް އަމަލުކުރަމުންގެންދާ، ސީމަނުން ރެކްރޫޓް ކުރުމުގެ ދާއިރާއާއި، މެރިޓަައިމް ދާއިރާގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަަތްތަކުގައި އެހީތެރިކަމާއި، އެއްބާރުލުން ފުރިހަމައަށް ލިބޭ ކުންފުންޏެކެވެ.

               ދަ ގުޑްވިލް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނަކީ، މއ.ފަޒާ އަލްފާޟިލާ މަރްޔަމް ޢަޒީޒާއާއި، މއ.ފަޒާ އަލްފާޟިލް އަޙްމަދު ރަޝީދެވެ.