ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

                މި ކުންފުންޏަކީ، މަސްވެރިކަމުގެ މަސައްކަތް ކުރަމުންގެންދާ ކުންފުންޏެކެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މަސްވެރިންގެ އަތުން މަސްގަނެ ކައްކައި ހިއްކުމުގެ މަސައްކަތާއި، ލޮނުައެޅުމުގެ މަސަައްކަތާއި، މަސްވެރިކަން ކުރުވުމެވެ. އަދި މަސްވެރިކަން ކުރާ ފަަރާތްތަކަށް ލުއި ލޯނު ދޫކުރުމުގެ މަސައްކަތްްވެސް މި ކުންފުނިން ކުރަމުން ގެނެްދެއެވެ. މަސް ތައްޔާރު ކުރުމުގައި، އެކްސްޕޯޓުކުރާ މަހުގައި ހުންނަންވީ ފެންވަރާއި މިންގަނޑު، މަސައްކަތްކުރާ މީހުންނަށް ދަސްކޮށްދިނުމާއި، ކަމާބެހޭ ތަޖުރިބާކާރުން ގެނެސްގެން އެމީހުންނަށް ދޭތެރެދޭތެރެއިން އިތުރު ތަމްރީނު ދެމުން ގެންދިޔުން ހިމެނެއެވެ. މި ކުންފުނިން ތައްޔާރުކުރާ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރަނީ، އަވަށްޓެރި ޝްރީލަންކާއަށެވެ. ފުރަތަމަ އެކްސްޕޯޓު ކުރަން ފެށިއިރު އެކްސްޕޯޓުކުރީ، އެވްރެޖުކޮށް މަހަކު 7 ޓަނުގެ މަހެވެ. މިހާރު އެވްރެޖުކޮށް މަހަކު 250 ޓަނާއި، 300 ޓަނާ ދެމެދުގެ އަދަދަކަށް މަސް އެކްސްޕޯޓު ކުރަމުން ގެންދެއެވެ.

               ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނަކީ، އަދި ޑިރެކްޓަރުންނަކީ، ގ.ފަނަސް އަލްފާޟިލް ޙުސައިން މަނިކު ދޮންމަނިކާއި، ތ.ގުރައިދޫ ނިއުސަން އަލްފާޟިލާ މަރްޔަމް މަނިކެއެވެ.