މިލަދުންމަޑުލު އުތުރުބުރީ ފީވައް

               ފީވަކު ރައްޔިތުންނަކީ، ޒަމާނުއްސުރެ ދަނޑުވެރިކަމުގެ މަސައްކަތުން ބޮޑު އާމްދަނީއެއް ހޯދަމުންގެންދާ ބައެކެވެ. ދަނޑުވެރިކަމުގައި، ފީވަކު ރައްޔިތުން ހައްދާ ތަކެތީގެ ތެރޭގައި، މޭވާއާއި، ތަރުކާރީއާއި، ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ. އެންމެ ގިނަ އަދަދަކަށް ހަައްދާ ތަކެތީގެ ތެރޭގައި، ފަތްކޭލާއި، މިރުހާއި، ފަޅޮލާއި، ބަށި ހިމެނެއެވެ. މި ތަކެތި ވިއްކައިގެން އެވްރެޖު ގޮތެއްގައި އަހަރަކު ހަތަރުލައްކަ ރުފިޔާ، އާމްދަނީގެ ގޮތުގައި މިރަށުގެ ރައްޔިތުންނަށް ލިބެއެވެ.