އަލްފާޟިލް ޔޫސުފް މުޙައްމަދު
އުތުރުގެ/ ޅ.ނައިފަރު

               ޔޫސުފް މުޙަންމަދަކީ، އުމުރުން 14 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި މަސްވެރިއެކެވެ. ފުރަތަމަ އެކި މީސްމީހުންގެ ދޯނިފަހަރުގައި އާދައިގެ މަސްވެރިއެއްގެ ގޮތުން މަސްވެރިކަން ކުރެއްވުމަށްފަހު، އަދި އޭގެފަހުން ކެޔޮޅެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށްފަހު މިހާރު މަސްވެރިކަން ކުރައްވަނީ، ކެޔޮޅެއްގެ ގޮތުން ޔޫސުފް މުޙަންމަދުގެ އަމިއްލަ ދޯންޏެއްގައެވެ. މަސްވެރިކަމުން ލިބިލެއްވި އާމްދަނީން ޔޫސުފް މުޙަންމަދު ވަނީ ދެ ދޯނި އުފައްދަވާފައެވެ. މިއިން ދޯންޏެއްގެ އަގަކީ، ގާތްގަނޑަކަށް ހަތްލައްކަ ރުފިޔާއެވެ.

               މީގެއިތުރުން، އަމިއްލައަށް މަސްވެރިކަން ކުރެވޭ ފެންވަރަށް ހަތަރު މީހަކަށް މަސްވެރިކަމުގެ މަސައްކަތްވެސް ޔޫސުފް މުޙަންމަދު ދަސްކޮށްދެއްވާފައިވެއެވެ.