އަލްފާޟިލް މުޙައްމަދު ޔޫސުފް
މ.ނޮރަންމަ

               މުޙަންމަދު ޔޫސުފް ޅެންހެއްދެވުމުގެ މަސައްކަތް ކުރައްވާތާ 45 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިގޮތުން، މިހާތަނަށް ދެހާހަށްވުރެ ގިނަ ޅެން ހައްދަވާފައިވެއެވެ. މި ޅެންތަކުގެ ތެރޭގައި 500 ވަރަކަށް ޤައުމީ ޅެން ހިމެނެއެވެ. މުޙަންމަދު ޔޫސުފްގެ ޅެންތައް ޝާއިޢުކުރައްވައިފައިވަނީ، "ވިޔަފާރި މިއަދު"، "މޯނިންގ ޕޯސްޓް"، "ފަތިސް"، "ރަސްއައިން"، "ފަތްތޫރަ"، ފަދަ ނޫސްމަޖައްލާތަކުގަޔާއި، ބ.އަތޮޅު މަދަރުސާގެ ގޮތުގައި، މަދްރަސަތުއްސަޢާދާ ހިނގި ދުވަސްވަރު އެމަދަރުސާގެ ފަރާތުން ނެރުނު "ވަޠަން" މަޖައްލާގެ ނަންބަރުތަކުގައެވެ. މުޙަންމަދު ޔޫސުފްގެ ޅެންތައް މިހާރުވެސް ފަތްތޫރައިގައި ޝާއިޢުކުރައްވަމުން ގެންދަވަައެވެ.