އަލްފާޟިލް ޢަލީ ޙުސައިން
މ.ވާރޭވިލާ

               ޢަލީ ޙުސައިނަކީ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސްގެ ނަމުގައި ޗާޕުޚާނާއެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ 38 އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ޢަލީ ޙުސައިން އިސްނަންގަވައިގެން ފެށްޓެވި މި މަސައްކަަަތް މިހާރުވަނީ، މިޒަމާނުގެ ޓެކްނޯލޮޖީއާއެކު، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ޗާޕުކުރުމުގެ މަސައްކަތްކުރާ ފެންވަރަށް ތަރައްޤީ ކުރައްވާފައެވެ.

               ޢަލީ ޙުސައިނަށް މި ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1979 ގައި ލިބިވަޑައިގެންފައިވެއެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ޢަލީ ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ.