އެފް.ޑަބްލިޔު. ކޮންސްޓްރަކްޝަން ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް

     1983 ވަނަ އަހަރު ދެ މުވައްޒަފުންނާއެކު ފެށި ވަޑާމުގެ މަސައްކަތް ފުޅާވެ، 1991 ވަނަ އަހަރު ފެޝަން ވުޑް ވާރކްސް އެންޑް ކޮންޓްރެކްޓިންގ ކަމްޕަނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރެވި، ވަޑާމުގެ މަސައްކަތުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ފަށާފައިވެއެވެ. އަދި 1999 ވަނަ އަހަރު އެފް.ޑަބްލިޔު ކޮންސްޓްރަކްޝަން ކަމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނަން ބަދަލުކޮށްފައިވެއެވެ. މި ކުންފުނިން މިހާތަނަށް އަމިއްލަ ފަރާތްތަކާއި، ސަރުކާރުގެ ވަރަށް ގިނަ އިމާރާތްތަކެއްގެ މަސައްކަތްވަނީ ކޮށްފައެވެ. މީގެ ތެރޭގައި، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މިސްކިތްތަކާއި، އޮފީސް އިމާރާތްތަކާއި، ސްކޫލް މަދަރުސާތައް ހިމެނެއެވެ.

   މި ކުންފުނީގެ އަމިއްލަ ތަކެތީގައި ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން، މ. ސަކައިމޫ 10 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި، މާލޭ ވިލިނގިލީ އަވަށުގައި އިމާރާތް ކުރެވުނު އެން.އެސް.އެސް. ފްލެޓް ފޭސް 1 އަދި ފޭސް 2 ގެ މަސައްކަތާއި، މާލޭ ހައުސިންގ ޕްރޮޖެކްޓް ފޭސް 6 ގެ މަސައްކަތާއި، ގަލޮޅު މަދަރުސާގެ 4 ބުރި އިމާރާތުގެ މަސައްކަތާއި، ޖަމާލުއްދީން ސްކޫލް ފޭސް 2ގެ މަސައްކަތާއި، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ފޭސް 2ގެ  މަސައްކަތާއި، މަސްޖިދު ޝަހީދު ޢަލީއާއި، މަސްޖިދު ޞަލާޙުއްދީނާއި، އެމް.ޑަބްލިޔު.އެސް.ސީ.ގެ ފެން ބިލްޑިންގއާއި، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ 8 ބުރީގެ އިމާރާތުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

   ކޮންސްޓްރަކްޝަން ދާއިރާއިން "13 ވަނަ އެޑިޝަން އޮފް ދަ އިންޓަނޭޝަނަލް އެވޯޑް" 2001 ވަނަ އަހަރު މި ކުންފުންޏަށް ލިބިފައިވެއެވެ.

   މި ކުންފުނީގެ ހިއްސާދާރުންނަކީ، މ. ދިގުތިޔަރަ އަލްފާޟިލް އިބްރާހީމް ވަޙީދާއި، މ. ދިގުތިޔަރަ އަލްފާޟިލާ ރާމިޒާ ޢަލީއެވެ.