އަލްފާޟިލް މުޙައްމަދު ނަދީމް
ހ.އާދުނި

       މުޙައްމަދު ނަދީމަކީ، މަދްރަސީ ދައުރުން ފެށިގެން، ވަރަށް ގިނަ ކުޅިވަރު ކުޅުއްވައި، ޚާއްޞަކޮށް ފުޓްބޯޅައާއި، ވޮލީއާއި، އެތްލެޓިކްސްގައި، މަޝްހޫރުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. ނަދީމު ވަނީ، ޤައުމީ ފެންވަރުގެ މަތީ ކާމިޔާބީތަކެއްވެސް، ގިނަ ކުޅިވަރުތަކަކުން ހޯއްދަވާފައެވެ. ޤައުމީ ޓީމަށް ފުޓްބޯޅައާއި، ވޮލީ ކުޅުއްވައި، ރާއްޖެއަށް ރީތި ނަންވެސް ހޯއްދަވައިދެއްވާފައިވެއެވެ.

       ކުޅުންތެރިއެއްގެ އިތުރުން، ކުޅިވަރު ކުރިއެރުވުމަށްވެސް، ނަދީމް ވަނީ، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން، ފުޓްބޯޅައާއި، ވޮލީ ކޯޗެއްގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ވަރަށް ގިނަ ކްލަބް ޖަމްޢިއްޔާތަކަށާއި، ކުންފުނިތަކަށާއި، ސްކޫލުތަކަށާއި، ޤައުމީ ޓީމަށް ކޯޗުކޮށްދެއްވައި، މަތީ ކާމިޔާބީތަކެއްވަނީ، ހޯއްދަވައިދެއްވާފައެވެ. ނަދީމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ވޮލީ ކޯޗެއްގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. މިގޮތުން، ވޮލީއަށް ދެޖިންސުގެ ޒުވާނުން ނެރުއްވައި ތަމްރީނު ދެއްވުމުގައި، ނަދީމުވަނީ، ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.