އަލްޙާފިޡާ ރިފްދާ މުޙައްމަދު ރަޝީދު
މ. ލަކީލާސްޓް (ހުޅުމާލެ 10152)

ކީރިތި ޤުރުއާން ހިތުން ދަސްކުރެއްވުމުގެ މަސައްކަތް ރިފްދާ ފެށްޓެވީ، އުމުރުން އެންމެ 3 އަހަރުގައެވެ. އުމުރުން 10 އަހަރުގައި ޤުރުއާން ހިތުދަސްކުރައްވައި ނިންމެވިއެވެ. ރިފްދާއަކީ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުން އެކި ވަނަތައް ހޯއްދަވާފައިވާ މި ރޮނގުން ވަރަށް ފާހަގަކުރެވޭ ދަރިވަރެކެވެ. 2010 ވަނަ އަހަރު މިސުރުގައި ބޭއްވި 18 ވަނަ ބައިނަލްއަޤްވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ރިފްދާ ބައިވެރިވެ، މުޅި މުބާރާތުން 2 ވަނަ ހާސިލް ކުރައްވާފައިވެއެވެ.