އަލްޙާފިޡް ޢައްޒާމް ޙަލީމް
މއ. ވެލަވަރުވިލާ

ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ޢައްޒާމް ފެށްޓެވީ، އުމުރުން 14 އަހަރުގައެވެ. 18 އަހަރުގައި ޤުރްއާން އެކީގައި ހިތުން ދަސްކުރެއްވިއެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން މަތީ ޘާނަވީ ނިންމެވުމަށްފަހު، ޢައްޒާމް މިހާރު ގެންދަވަނީ، ސަޢޫދީޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލު ކުރައްވަމުންނެވެ.