ކޭކު އެޅުމާއި، ކޭކު ޒީނަތްތެރިކުރުމުގެ މަސައްކަތް ފާޠިމަތު ޝީރީން ފެށްޓެވީ، 1983 ވަނަ އަހަރުއެވެ. އަދި މި ރޮނގުން މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، 1999 ވަނަ އަހަރުއެވެ. މިހާރު ޝީރީނަކީ، އެމެރިކާގެ ޗިކާގޯގެ ކުންފުންޏެއް ކަމަށްވާ ވިލްޓަން ކުންފުނީގެ ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޓިންގ ކޯސްތައް ރާއްޖޭގައި ހިންގުމަށް ޢައްޔަންކޮށްފައިވާ އަދި އެ ކޯސްތައް ހިންގަވަައި އިންޓަރނޭޝަނަލް ސެޓްފިކެޓް ދޫކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން، މާލެއާއި އަތޮޅުތަކުގައި، ޝީރީން ހިންގެވި ކޯސްތަކުން މިހާތަނަށް، ހާހަކަށްވުރެ ގިނަ މީހުން ތަމްރީނު ކުރައްވާފައިވެއެވެ.
މިރޮނގުން ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 2002 ވަނަ އަހަރު ހޮޓެލް އޭޝިިޔާ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގެން، ކޭކް ޑެކަރޭޝަންގެ ރޮނގުން ރިހި މެޑެއްޔެއް ހާސިލުކުރައްވާފައިވުމާއި، މިއަހަރު ޝްރީލަންކާގައި ބޭއްވި ފެންޓަސީ ކޭކް ކޮމްޕެޓިޝަން ބްރައިޑަލް ފެއަރގެ ފުރަތަމަ ރަނަރއަޕް، ޝީރީނަށް ލިބިވަޑައިގެންފައިވުން ހިމެނެއެވެ.