އަލްފާޟިލް އަޙްމަދު މުޙައްމަދު
ވ.ރޭދުވާ

               ކުޅިވަރުގެ ދާއިރާގައި، އަޙްމަދު މުޙަންމަދުގެ ޚިދުމަތް ފަށްޓަވައިފައިވަނީ 1977 ވަނަ އަހަރުއެވެ. އަޙްމަދު މުޙަންމަދަކީ، ގިނަ ކުޅިވަރުތަކެެއް ޤައުމީ ފެންވަރުގައި ކުޅުއްވާފައިވާ އަދި އެ ކުޅިވަރުތަކުގައި، އަޙްމަދު މުޙަންމަދަށާއި، ކުޅުއްވި ޓީމުތަކަށް މަތީ ކާމިޔާބީތައް ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. އަޙްމަދު މުޙަންމަދު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ފުޓްބޯޅަ، ބާސްކެޓް، ހޮކީ ހިމެނެއެވެ. އަދި ޤައުމީ ކަސްރަތު މުބާރާތްތަކުގައިވެސް، އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގެން މަތީ ކާމިިޔާބީތައް ހޯއްދަވާފައިވެއެވެ.

               1979 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށްދިޔަ ޤައުމީ ބާސްކެޓް ޓީމުގެ ވައިސް ކެޕްޓަންކަން އަޙްމަދު މުޙަންމަދު ކުރައްވާފައިވެއެވެ. އަދި ކްލަބް ވެލެންސިިއާގެ ބާސްކެޓް ޓީމުގެ ކެޕްޓަންކަމާއި، ކޯޗުކަމާއި، މެނޭޖަރުކަން 12 އަހަރު ކުރައްވައި، އެ ކްލަބަށް ބާސްކެޓް ތަށި މިލްކު ކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، އެހެން ބައެއް ކްލަބްތަކަށާއި، ސްކޫލްތަކުގެ ޓީމުތަކަށް ބާސްކެޓް ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް، އަޙްމަދު މުޙަންމަދު ކޮށްދެއްވާފައިވެއެވެ.

               އަޙްމަދު މުޙަންމަދަކީ، "ކްލަބް ވެލެންސިއާ" އުފެއްދެވުމުގައާއި، ކްލަބް ހިންގެވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަަވާ ބޭފުޅެކެވެ. ވެލެންސިއާގެ ޓީމު، ކުޅިވަރުގެ މައިދާނުގައި ހޯދަމުން ގެންދާ ކާމިޔާބީތަކުގައި އަޙްމަދު މުޙަންމަދުގެ އެހީތެރިކަން ވަރަށް މަތީ ދަރަޖައަކަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، "ކަޕް ވިނަރސް ކަޕް" ފުުޓްބޯޅަ މުބާރާތުގެ ތަށި ވެލެންސިއާ ޓީމު މިލްކު ކުރިއިރު، ޓީމުގެ މެނޭޖަރަކަށް ހުންނެވީ، އަޙްމަދު މުޙަންމަދެވެ. ވެލެންސިއާގެ ފުޓްބޯޅަ ޓީމު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގަައި ޓީމުގެ މެނޭޖަރެއްގެ ގޮތުންނާއި، ޓީމް ލީޑަރެއްގެ ގޮތުން، އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގެންފައިވެއެވެ. އެފް.އޭ.އެމް. އިން ހިންގަވާ ބައެއް ފުޓްބޯޅަ މުބާރާތްތަކުގެ މެޗް ކޮމިޝަނަރުކަމާއި، ބައެއް ކުޅިވަރު މުބާރާތްތަކުގެ ރެފްރީކަންވެސް، އަޙްމަދު މުޙަންމަދު ކޮށްދެއްވާފައިވެއެވެ.